• Increase font size
  • Default font size
  • Decrease font size

Notice: Trying to get property of non-object in /home/content/52/11029452/html/sidahitun/plugins/content/1pixeloutplayer.php on line 36

ދިރިއުޅުމުގެ ވައްޓަފާޅި

Click Here for English Translation

އީސާގެފާނުން ޤަބޫލް ކުރާމީހުންގެ ދިރިއުޅުން ހުއްނަންވާނީ ކިހިނެތް؟

މާތްރަސްކަލާނގެ ކުރައްވާފައިވާ އެންމެ އިސް އަމުރު ފުޅަކީ ކޮބައިތޯ އީސާގެފާނު އަރިހުގައި ދެންނެވުމުން އެކަލޭގެ ފާނު ވިދާޅު ވިއެވެ. އެއްކައުވަންތަ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ތިޔަބައި މީހުންގެ މުޅިހިތާއި މުޅި ފުރާނަ އާއި، ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބިވާށެވެ. އަދި ތިމާ.އަމިއްލަ ނަފުސުދެކެ ލޯބިވާ ފަދައިން ތިމާގެ އަވައްޓެރިން ދެކެވެސް ލޯބިވާށެވެ. މިދެއަމުރު ފުޅުން މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކިބައިން ބޭނުން ފުޅުވަނީ ކޮންކަމެއްކަން ވަރައް ރަގަޅަށް އެގެއެވެ.

މާތް ރަސްކަލާނގެ ދެކެ ލޯބިވުމުގެ މާނައަކީ:lifestyle

މާތްރަސްކަލާނގެ ރަސްކަންފުޅާމެދު ގާތް ގުޅުމެއް އުފެދި ބޮޑުވުމެވެ. މާތްރަސްކަލާނގެ ރަސްކަންފުޅައް އިޙުތިރާމާ އެކު ހިތުގެ އެންމެ ފުންމިނުން ދަންނަވާ ދުޢާ ދެންނެވުމަށް އެކަލާނގެއާ މުޙާތަބު ކުރުމޭ ކިޔަ އެވެ. މިގޮތުން ދަންނަވާ ދެންނެވުމުގައި އަޅުގަނޑުމެންގެ ހިތުތެރޭގައި ވާ ބިރުވެރިކަމާ ޝައްކުތަކާއި، އުފާވެރި ކަމާ، ރޭވުން ތަކުގެ ވާހަކަ ދަންނަވާ އަޅުގަނޑުމެން ކަންބޮޑުވެފައިވާ ފާފަތަކަށް މާފު ލިބިގަތުމަކީ އެކަލާނގެ ދެކެ ލޯބިވުމެވެ. އަޅުގަނޑުމެން އެކަލާނގެ ކިބަފުޅަށް އަޅުގަނޑުމެންގެ ހިތާ މުޙާތަބު ކުރުމަށް އެދެންޖެހޭނެއެވެ. އަދި މާތްރަސްކަލާނގެ ދެކެ ލޯބިވާމީހުން އެމީހުންގެ ހިތުގެ އެދުންތަކާ އެހެން މީހުން ގެ އެދުންތަށް ވެސް އެކަލާނގެ އަރިހުގައި ދަންނަވާ އޭގެ ޖަވާބު ލިބި ގަނެއެވެ. މާތްރަސްކަލާނގެ ދެކެ ލޯބިވާ މީހުން އެކަލާނގެ ކިބަފުޅަށް ޝުކުރުވެރިވެ އެކަލާނގެ އޯގާތެރިކަމާ މެދު ޙަމްދު ކޮށް އެކަލާނގެ ކިބަފުޅުން ލޯތްބާ ރައްކާތެރިކަން ލިބިގަނެއެވެ. އެފަދަ މީހުން އެކަލާނގެއާ ބެހޭގޮތުން އިތުރަށް ދަސްކޮށް ހެދުމަށް އެކަލާނގެ އިސްމުފުޅު ކިޔާ ހަދަމެވެ. އެފޮތުން އެކަލާނގެޔާ ބެހޭގޮތުންނާއި އަދި އެކަލާނގެއާއި އެހެނިހެން މީހުންނާއިމެދު ބާއްވަވާފައިވާ ގުޅުންތައް ދަސްވެއެގެއެވެ.

މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަން ވުމުގެ މާނައަކީ:

އަޅުގަނޑުމެން އެކަލާނގެ އިލްމުފުޅުން.އުގެނިފައިވާ ގޮތުގައި އެކަލާނގެދެކެ ލޯބިވެ އެކަލާނގެ ކިބަފުޅަށް ފުރިހަމައަށް ކިޔަމަން ވުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް އަޅުގަނޑުމެން ކިޔަމަން ވުމެވެ.

އަވައްޓެރިންދެކެ ލޯބިވުމޭ ބުނެވޭބަހުގެ މާނައަކީ:

  • އަޅުކަންކުރުމާ، ޙަމްދާސަނާ ކިޔައި ޝުކުރު އަދާ ކުރުމުގައާއި އިސްމުފުޅުގެ ބަސްފުޅުތަކުން އަޅުގަނޑުމެން ލިބިގަންނަ ތަޖުރިބާތަކާ މިކަންކަމުން އަޅުގަނޑުމެންނަށް ލިބޭފައިދާއިން ހިތްވަރު އާކޮށް އެކަން އެކަކު އަނެކަކާއި ހިއްސާކުރުމެވެ.
  • އެކަކު އަނެކަކަށް މާފުކުރުމެވެ. އަދި އަނެކާގެ ކިބައިން މާފަށް އެދޭއިރު ތެދުހިތުން މައާފަށް އެދުމެވެ. އަދިމައާފުކުރުމުގެ މާނަ އަކީ އެއްވެސް ބަދަލު ހިފުމެއް ނެތި ހިތުން ރުހުމުން އުފަލާއެކު ހިތުގެއަޑިން މާފްކޮށް ރޫޅިފައިވާ އެކުވެރިކަން އާލާކުރުމެވެ. މިގޮތަށް މާފުކުރުމަށް އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ ބާރުފުޅު ދެއްވައެވެ.
  • އެހެންމީހުނަށް އަޅާލުމާ އެހީތެރި ވުމުގައި އިސާގެފާނު ވިދާޅުވެފައިވަނީ އަނެކާ ތިމާޔާ މެދު ހެޔޮދުޢާ ކޮއްފާނެ ކަމަށް ނުވަތަ އެހީތެރިވެދާނެ ކަމަށް ނުބަލައި އަނެކާގެ ކިބައިން އެއްވެސް އުއްމީދެއް ކުރުމަކާ ނުލައި އޭނާ އާމެދު ހެޔޮ ދުޢާކޮށް އެހީތެރިވެދީ ހެދުމަށެވެ. އަދި އަމިއްލަ އެދުމަށްވުރެ އެހެންމީހުންނަށް އިސްކަން ދިނުމަށެވެ.
  • އެހެން މީހުންނާ މުހާތަބުކޮށް ހެދުމުގައި އެކަލޭގެފާނުން ވިދާޅުވަނީ މަކަރާއި، ދޮގުވާހަކައާއި، ނެތިނުބައި ގޮވުން ފަދަ ބަސްތަކުން އެހެންމީހުއްނާއި މެދު ވާހަކަ ނުދެއްކުމަށެވެ.
  • އެހެން މީހުނަށްޓަކައި ހެޔޮދުޢާ ކުރުމުގައި އެކަލޭގެފާނު މަގު ދައްކާފައިވަނީ އަނެކާ ތިމާޔާ ދޭތެރޭ ނުބައިކޮށް ކަންތައް ކުރިނަމަވެސް އޭނާޔާ މެދުވެސް ހެޔޮހިތުން ރަގަޅަށް ކަންތައް ކުރުމަށެވެ. އެފަދަ މީހުނަށް ވެސް މާފުކޮށް، ހެޔޮ ދުޢާކުރުމަށެވެ. އަދި ބަދަލްނުހިފާ އެކަން މާތްރަސްކަލާނގެ ރަސްކަންފުޅަށް ދޫކޮށްލުމަށެވެ.

މިފަދަ ގޮތަކަށް ދިރި އުޅުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަދިވަރަށް އަގު ބޮޑެތި އެތަކެއް ޤުރުބާނީ އެއް ވާން ޖެހެއެވެ. އެއީ އަޅުގަނޑުމެންގެ ޙައްގުތަކާ ، އެދުންތައް ކަމުގައި ވިޔަސް މެއެވެ. ބައެއްފަހަރަށް މިފަދަ ޤުރުބާނީގެ ފައިދާ އެހެނިހެން މީހުން ނަގައެވެ. މީހުން އަޅުގަނޑު މެންނަށް މަލާމާތްކޮށް އަބުރާ ބެހިވެސް ހަދާމެއެވެ. އެންމެ ފަހުން އީސާގެފާނު ފަދައިން ހައްޔަރުކޮށް މަރާކުރިމަތިލާން ޖެހިފައިވެސް އެބަހުއްޓެވެ. ނަމަވެސް އާޙިރުގައި މިކަންކަމަށް ކެތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މަރުވުމެއްނެތް ދާއިމީ ޙަޔާތް ސުވަރުގެ ލިބިދެއެވެ. އަދި މިދުނިޔެމަތީގައިވެސް މިފަދަ އެތައް ދިވެހިން ނަކަށް ހިތިތަޖުރިބާ އަކަށް ފަހު ކުރިއަށްވުރެ ތަނަވަސް ބާއްޖަވެރި ދިރިއުޅުން ލިބިފައި އެބަހުއްޓެވެ.

އެކަމަކު ހަމައެކަނި، އެހެންމީހުން ދެކެ ލޯބިވުމަކުން އަދި ސުވަރުގެ ހައްގެއް ނުވެއެވެ. ސުވަރުގެ އަޅުގަނޑުމެންނަށް ހައްގު ވަނީ އީސާގެފާނު އަޅުގަނޑުމެންގެ ފާފަ ތަކައިގެން ސޮލީބުގައި އަވަހާރަ ވެފައި ވާތީ އެވެ.

 
Leading by Serving

Leaders often rule over people to gain more power isn`t it? What is a godly leader? What are leadership practices which please Allah?

Read more...
 
The Way of Isa (1)

Sure 3:50 commands us to worship Allah and obey Isa. He is the sign of Allah for all people, (Mariyam 19:22). What does he command his followers to do?

Read more...
 
hit counters