• Increase font size
  • Default font size
  • Decrease font size

Notice: Trying to get property of non-object in /home/content/52/11029452/html/sidahitun/plugins/content/1pixeloutplayer.php on line 36

Definitions

&l

A B C D E F G H I J K L M N O P Q R S T U V W X Y Z

A

Title ސުރުޚީ ތަފްސީލު
Aaron ހާރޫނުގެފާނު ބަނީއިސްރާއީލުގެ މުޅި ތާރީހުގައިވެސް އެންމެ މުހިންމު އުއްތަމަ އިމާމަކީ ހާރޫނުގެފާނުއެވެ. ހާރޫނުގެފާނަކީ މޫސާގެފާނުގެ ބޭބޭފުޅެވެ. ބަނީއިސްރާއީލުގެ ހުރިހާ އިމާމުން ވެސް މަޝްހޫރުވެފައި ވަނީ 'ހާރޫނުގެފާނުގެ ދަރިން' މިފަދައިންނެވެ. ޔަހުޔާގެފާނުގެ މަންމާފުޅު އެލިޒަބަތު އާއި އެކަލޭގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ އަކީ ވެސް ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ.
Abel ހާބީލު އާދަމްގެފާނާއި ހައްވާގެފާނުގެ ދަރިކަލެކެވެ. އެނާގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެންވިއެވެ. އަދި އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހުށައެޅި ޤުރުބާންތަކާއި މެދުވެސް އެކަލާނގެ ރުހިވޮޑިގެންވިއެވެ. އޭނާގެ ބޭބެ ކަޔީނު އޭނާގެ މައްޗަށް ވަރަށްބޮޑަށް ހަސަދަވެރިވެ، އޭނާ މަރާލިއެވެ. އެއީ އިންސާނުންގެ މެދުގައި އެންމެފުރަތަމަ ކުރެވުނު ކުށެވެ.
Angel މަލާއިކަތުން މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުން ނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން މީހުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަވަ އެވެ.
Apostles މަންދޫބުން އީސާގެފާނުގެ މަންދޫބުންނަކީ އެކަލޭގެފާނު ދުނިޔޭގައި އުޅުއްވި އިރު އެކަލޭގެފާނުގެ އަސްހާބީންގެ ތެރެއިން އައްޔަން ކުރައްވާ ހޮއްވެވި ބަޔެކެވެ. އެކަލޭގެފާނު އެމީހުން ހޮއްވެވީ އެކަލޭގެފާނުގެ ޚަބަރުފުޅާއިގެން މީސްތަކުންގެ ގާތަށް ދިއުމަށްޓަކައެވެ.
Ascension to Heaven އުޑަށް އުފުއްލެވުން އީސާގެފާނު މަރުވުމަށްފަހު އަލުން ދިރި ދުނިޔެއަށް ވަޑައިތެވެ. އަދި އެއަށް ފަހު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެއްވިއެވެ. އެކަލޭގެފާނަށް އީމާންވީ އެތައް ބައެއްގެ ކުރިމަތީގައި އެކަލޭފާނު އުޑާދިމާއަށް މައްޗަށް އުފުއްލެވުނެވެ. އީސާގެފާނު ދުނިޔެ ޤިޔާމަތްވުމާއި ކައިރިވުމުން އަލުން އެނބުރި ދުނިޔެއަށް ވަޑައިގަންނަވާނެއެވެ. އެދުވަހުން އެކަލޭގެފާނު މުޅި މިދުނިޔޭގެ މައްޗަށް ވެރިކަން ކުރައްވާނެއެވެ. އަދި ދުނިޔޭގައި އޭރުވާ ހާ ބަޔަކު އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީހު ކަމުގައި ޤަބޫލުކުރާނެއެވެ. ދިންނެވުން ލިބޭނީ މިދުނިޔޭގައި އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހުންނަށެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

B

Title ސުރުޚީ ތަފްސީލު
Baptism ތައުބާގެ މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީހު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަހުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަހުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ ޖޯޑަން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. "ޔަހުޔާގެފާނު" ބަލާ.
Bethlehem ބަތުލަހަމް މިއީ ޔަހޫދިއްޔާ ކަރައިގެ ޖެރޫސަލަމް އާއި ކައިރީގައިވާ ކުޑަ ރަށެކެވެ. މިރަށް މަޟްހޫރުވެފައި ވަނީ ދާއޫދުގެފާނު އުފަންވި ރަށް ކަމުގައެވެ. ވަރަށް ކުރީ ޒަމާނުއްސުރެން، ނަބީބޭކަލަކު މެދުވެރި ކުރައްވައި، މީސްތަކުން ދިންނެވުމަށް އެކަލާނގެ ފޮނުއްވާ މަސީހާ މިރަށުގައި ރައްކައު ވާނެ ކަމުގެ ޚަބަރު ދެއްވާފައި ވެ އެވެ. މިއީ އީސާ އަލްމަސީހު އުފަންވެ ވަޑައިގަތް ރަށެވެ.
Bread ބޮޑުރޮށި މިއީ ބަނީއިސްރާއީލު މީހުން ކެއުމަށް ބޭނުންކުރާ ނާނުފަދަ ބޯރޮއްޓެކެވެ. އޭގެ އެއްރޮށި ބައިބައިކޮށް ކެއުމުގެ ތެރޭގައި އެއްމެންނަށް އެބަހާލެވެއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

C

t;td width="50%">މިއީ
Title
ސުރުޚީ
ތަފްސީލު
Caesar Augustus
ކައިސަރު އައުގުސްތު
މިއީ ރޫމުގެ ރަސްރަސްކަލުންގެ ތެރެއިން ހިމެނުނު އެންމެ މުހިންމު ރަސްގެފާނެވެ. އޭނާގެ ރަސްކަން މެދުތެރޭ ކަނޑު (މެޑިޓެރޭނިއަން ސީ) ގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައިވެއެވެ. އީސާގެފާނު މިދުނިޔޭގައި އުޅުއްވި އިރު މުޅި ފަލަސްތީނުގެ ސަރަހައްދު ވެސް ވީ ރޫމުގެ ސަރުކާރުގެ އަތްދަށުގައެވެ. ރޫމުގެ ސަރުކާރުން ހިފައިފައިވާ ހުރިހާ ޤައުމެއްގެ ވެސް އެންމެ މުހިންމު ރަށްރަށުގައާއި އަދި ހިސާބުތަކުގައި ރޫމުގެ ސިފައިންގެ މަރުކަޒުތައް ހަދާފައިވިއެވެ. ު
Caesarea
ކައިސަރިޔާ
ކައިސަރިޔާ އަކީ ޖުދިޔާގެ ސަރަހައްދު ގައިވީ ރޫމުސަރުކާރުގެ ވެރިރަށެވެ. ބަނީއިސްރާއީލުގެ ވެރިރަށަކީ ޖެރޫސަލަމްށެވެ.
Canaan
ކަންނާން
މިއީ މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުންނަށް ދެއްވުމަށް ވައުދުފުޅުކުރެއްވި ސަރަހައްދަށް ކިޔޭނަމެވެ. މިއީ ގާތްގނަޑަކަށް މެދުތެރޭ ކަނޑާ ޖޯޑަންކޯރާއި ދޭތެރޭގައިވާ ސަރަހައްދެވެ.
Christians
މަސީހީން
މަސީހީންނަކީ އީސާގެފާނީ އަލްމަސީހު ކަމުގައި އަދި ދިންނެވުން ކަމުގައި ގަބޫލުކޮށް އެކަލޭގެފާނުގެ ދިރިއުޅުއްވުން މިސާލަކަށް ބަލާ، އެކަލޭގެފާނުގެ ބަސްފުޅާ އެއްގޮތަށް ކަންކުރާ މީހުންނެވެ. އީސާގެފާނު އަންގަވަނީ މާތްރަސްކަލާނގެ ރަސްކަންފުޅު އެއީ ދުނިޔެވީ ރަސްކަމެއް ނޫނެވެ. އެއީ ރޫހާނީ ރަސްކަމެކެވެ. އެހެންކަމުން ސީދާ ލޮލަށް ފެންނަން ހުންނަ ދުނިޔެވީ ޤަވާއިދުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދީންތަކާ އެއްގޮތަށް ކަންކޮށް އެގޮތުން ދިންނެވުން ލިބި މާތްރަސްކަލާނގެ ރުއްސެވުން ލިބޭނެކަމަށް ނުދެކުމަށް އީސާގެފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
Church
އީސާގެފާނަށް އީމާންވާމީހުންގެ ޖަމާޢަތް
މިބަސް ބޭނުން ކުރެވެނީ ދެމާނައެއްގައެވެ. އެއްމާނައަކީ އީސާގެފާނަށް އީމާންވާ އެއްރަށެއްގައިވާ ނުވަތަ އެއްތަނެއްގައިވާ ބަޔަކަށް މުޚާޠަބުކޮށެވެ. އަނެއް މާނައަކީ ދުނިޔޭގައިވާ އެންމެހާ އީސާގެފާނަށް އީމާންވާ މީސްތަކުއްނެވެ.
Cross
ސަލީބު
މިއީ މީހުންނަށް އަނިޔާ ލިބޭ މަރަކުން މެރުމަށް ކުރެވޭ މަރުގެ އަދަބު ދިނުމަށްޓަކާ ބޭނުންކުރެވުނު ބޮޑު ދެ ލަކުޑި ގަނޑުން ހަދާފައިވާ އެއްޗެކެވެ. މިފަދައިން މެރުމަށް ހުކުމް ކުރެވޭ މީހާ ޝަރީއަތް ކުރެވުނު ތަނުން ފެށިގެން އެމަރުގެ އަދަބު ދެވޭތަނާ ހަމައަށް އެސަލީބު ހިފައިގެން ހިނގާފައި ދާން ޖެހެއެވެ. ދެން އެސަލީބު ބިމުގައި ރަނގަޅަށް ވަޅުކޮނެ ހަރުކުރުމަށް ފަހު ކުށްވެރިޔާ އޭގައި މާރުން އައްސާ ނުވަތަ މޮހޮރު ޖަހާ އެލުވައެވެ. ދެން އެމީހާ މަރުވަންދެން އެސަލީބުގައި އެލުވާފައި ބާއްވައެވެ. ބަނީއިސްރާއީލުގެ މީހުން ދެކޭ ގޮތުގައި މިފަދަ މަރަކުން މަރުވާ މީހަކީ މާތްރަސްކަލާނގެ އެމީހެއްގެ މައްޗަށް ނުރުއްސަވާ ކޯފާ ލެއްވިގެންވާ މީހެކެވެ.
Crucify
ސަލީބަށް އެރުވުން
ބަނީއިސްރާއީލުގެ މީހުން އެމީހުންގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރުތައް މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއްގެގޮތުގައި ކަތިލާހެދިއެވެ. އެޖަނަވާރުތައް ކަތިލެވޭއިރު ފައިބާ ލެއަކީ ދިރިހުރުން ކަމުގައި މާނަކުރެ ވެއެވެ. އީސާގެފާނު ސަލީބުގައި އޮވެ އެކަލޭގެފާނުގެ ލޭފޮދު އޮހޮރާ އަވަހާރަ ވެދިޔައެވެ. އެކަލޭގެފާނުގެ ލޭފޮދު އޮހޮރެވުނީ މުޅި އިންސާނީ ދަރިކޮޅުގެ ފާފަތަކުގެ އަގުދެއްކެވުމަށްޓަކައެވެ. މިކަމުގެ ސަބަބުން މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު އާ އިޤްރާރެއް ކުރެވުނެވެ. އެއިޤްރާރުގެ ސަބަބުން އެކަލާނގެ ކިބަފުޅުން އިންސާނުންނަށް ކުރެވިފައިވާ ހުރިހާ ފާފައަކަށް މައާފު ލިބިމުގެ ފުރުސަތު ލިބެއެވެ. \"ސަލީބު\" އާއި \"ޤުރުބާން\" ބަލާ.

A B C D E F G H I J K L M N O P Q R S T U V W X Y Z

D

Title
ސުރުޚީ
ތަފްސީލު
David - King David
ދާއޫދުގެފާނު
ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅުއިރުއްސުރެންވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދިއެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީހު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެމީހަކެވެ.
Day of Atonement
ފާފަ ޢަފޫކުރެއްވުމުގެ ދުވަސް
ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަދި އޮކޮޓޯބަރު މަހުގެ ކުރީކޮޅުގެ ދުވަސްތަކުގައި ބަނީއިސްރާއީލު މީހުން ރޯދަހިފާ ޤުރުބާންތައްކޮށް ފާހަގަކުރާ މިޢީދަށް ހިބުރޫ ބަހުން ކިޔަނީ ޔޮމްކީޕޫރު އެވެ. އެމީހުންނަށް ކުރެވިފައިވާ ފާފަ ތަކަށް ތައުބާވެ، މާތްރަސްކަލާނގެ ކިބަފުޅަށް ކައްފާރާ ކުރުމަށް އެދި ދަންނަވާ ދުވަހަކީ މިއީއެވެ.
Demons
ޖިންނިން
މިއީ އިބިލީސް ނުވަތަ ޝައިތާނާގެ ދަށުން އޭގެ އަމުރާއި އެއްގޮތަށް ކަންތައް ކުރާ ރޫހާނީ އެއްޗިއްސެވެ. ޖިންނިންއެތައް ތަފާތުގޮތަކުން މީހުންނަށް ހަމަލާދެއެވެ. ޖިންނިންއެ އެއްޗެތީގެ ބާރުގެ ދަށުގައިވާ މީހުން ލައްވާ ފާފަތައް ކުރުމަށް ވަސްވާސްދެއެވެ. އަދި ޖިންނިންގެ ސަބަބުން މީހުންނަށް ބަލިތައް ޖެހި މޮޔަ ވެސް ވެއެވެ. މި ޖިންނިންނަކީ ރޫހާނީ އެއްޗެއްކަމުން އެރޫހުތައް އެއެއްޗެތި ހަމަލާދޭ މީހާގެ ހަށިގަނޑުގެ ތެރެއަށް ވަދެ އެމީހާއަށް ވެއެވެ. ޖިންނިންގެ ތެރޭގައި ރަނގަޅު ޖިންނިއާއި ނުބައި ޖިންނިއެއް ނުހިމެނެއެވެ. ހުރިހާ ޖިންނިންނަކީ ވެސް އިންސާނުންގެ އަދާވަތްތެރިންނެވެ. އެއީ އެއެއްޗިއްސަކީ އަހަރުމެންގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަދާވަތްތެރިޔާ އިބިލީސް ނުވަތަ ޝައިތާނާގެ އެންގުމުގެ މަތިން ކަންތައްކުރާ އެއްޗިއްސެވެ.
Disciples
އަސްހާބީން
އަރަބި ބަހުން މި ލަފުޒުގެ މާނައަކީ ދަސްކޮށްދެވިފައި ވާ ފަދައިން ކަންކުރާ މީހާ އެވެ. ނުވަތަ އަބަދުމެ އެކުގައިވާ މީހާއެވެ. ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ތަބާވެ އެބޭކަލުން އަންގަވައި ދަސްފުޅު ކޮށްދެއްވާފައިވާ ފަދައިން ކަންކުރާ މީހުންނަށް ވެސް އަސްހާބީންނޭ ކިޔެއެވެ. އަދި އެދުރަކުގެ ކިބައިން ކަންތައްތައް ދަސްކޮށް އެ ދަސް ކުރި ގޮތަށް ކަންތައް ކުރާ މީހުންނަށް ވެސް އަރަބި ބަހުން 'އަސްހާބީ' މިލަފުޒު ބައެއްފަހަރު ބޭނުން ކުރެއެވެ. އީސާގެފާނުގެ އެތައް ބައިވަރު އަސްހާބީންނެއް ވިއެވެ. އެކަލޭގެފާނު އެންގެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ޤަބޫލު ކުރި މީހުން ގެތެރޭގައި ފިރިހެނުންނާއި އަންހެނުން ހިމެނުނެވެ. އީސާގެފާނު ބާރަ މީހުން އެކަލޭގެފާނުގެ ޚާއްސަ އަސްހާބީން ކަމުގައި އައްޔަން ކުރެއްވިއެވެ. އެކަލޭގެފާނު މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އާއިމެދު ވާހަކަފުޅު ދައްކަވާ ދަސްކޮށްދެއްވަމުން ގެންދެވި އިރު އަބަދުމެ މިބާރަ އަސްހާބީން އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި މީގެ އިތުރުންވެސް އެތައް ހާސް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ޤަބޫލުކުރުމުގެ ސަބަބުން އެކަލޭގެފާނުގެ އަސްހާބީން ކަމުގައި ވިއެވެ. ހަމަ އެފަދައިން މިއަދު ވެސް އީސާގެފާނުގެ ބަސްފުޅުތައް ޤަބޫލުކޮށް އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކޮށް އެބަސްފުޅުތަކަށް އީމާންވާ ކޮންމެ މީހަކީވެސް އީސާގެފާނުގެ އަސްހާބީއެއް ކަމުގައި ހިމެނޭނެ އެވެ. އަދި އެކަލޭގެފާނުގެ ކޮންމެ އަސްހާބީއަކުމެ އެކަލޭގެފާނާއި ބެހޭ އުފާވެރި ޚަބަރުފުޅު އެހެން މީހުންނަށް އަންގައި ދޭން ޖެހޭނެއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

E

Title
ސުރުޚީ
ތަފްސީލު
Elijah
އުޑަށްއިލިޔާސްގެފާނުން
އެކަލޭގެފާނަކީ ބަނީއިސްރާއީލުގެ މީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުންގެ ތެރެއިން ވަރަށް މުހިންމު އެއްރަސޫލުބޭކަލެކެވެ. އެކަލޭގެފާނު މޫސާގެފާނު އެންގެވި ގޮތާއި އަމުރުފުޅުތައް ދެމެހެއްޓުމަށްޓަކާ ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި މީސްތަކުން އެހެނިހެން ކަލާނގެތަކަށް އަޅުކަން ކުރުން ހުއްޓުމަށް ވެސް އެކަލޭގެފާނު ގަދަ އަޅާ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އުޅުއްވި ޒަމާނުގައި ބާލް އޭ ކިޔުނު ކަލާނގެއަށް އަޅުކަންކުރުން ވަނީ ބަނީއިސްރާއީލުގެ މައްޗަށް ފެތުރިފައެވެ. އިލްޔާސްގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ލިބިވަޑައިގެންނެވި ބާރުފުޅާއި އަޒުމާއި އެކު އެކަލޭގެފާނު ރަސްރަސްކަލުންނާއި ވެސް ދެކޮޅުހެއްދެވިއެވެ. އެމީހުން މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައް ނުކުރާތީ އާއި އަދި ރައްޔިތުންގެ މައްޗަށް ވެރިކަންކުރާ ޚުދުމުޚްތާރު އިންސާފެއް ނެތް ގޮތާއި މެދު އެކަލޭގެފާނު ދެކޮޅުހެއްދެވިއެވެ. އިލިޔާސްގެފާނު މިދުނިޔޭގައި އުޅުއްވީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްކަޑަކަށް އަށް ސަތޭކަ ވަރަކަށް އަހަރު ކުރިންނެވެ.
Elisha
އެލީޝާހުގެފާނު
މިކަލޭގެފާނަކީ ރަސޫލުބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު އުޅުއްވީ ބަނީއިސްރާއީލުގައެވެ. އެކަލޭގެފާނަކީ ޚާއްސަ ވިސްނުންތެރިކަމެއް ލިބިވަޑައިގެންވީ ދުރުވިސްނޭ ބޭކަލަކުކަމުގައި ވިއެވެ. މާތްރަސްކަލާނގެ މުޢުޖިޒާތްތައް ދެއްކެވުގެ ބާރުފުޅު ވެސް އެކަލޭގެފާނަށް ދެއްވިއެވެ.
Eternal life
ނިމުމެއްނުވާ ދެމިހުރިދުނިޔެ
ޢީސާގެފާނަކީ މުޅި ދުނިޔޭގެ މީސްތަކުން ދިންނެވުމަށްޓަކާ ފޮނުއްވުނު އަލްމަސީހުކަން ޤަބޫލުކުރާ މީސްތަކުން މަރުވުމަށްފަހު ސުވަރުގޭގައި މާތްރަސްކަލާނގެ ހަޒުރަތުގައި ހޭދަ ކުރާނޭ އުފާވެރި ހަޔާތަކީ ނިމުމެއް ނުވާ ދެމިހުރި ދުނިޔެއެވެ. އަދި ނިމުމެއް ނުވާ ދެމިހުރި ދުނިޔެ ލިބިފައިވާ މީހުންނަށް މިދުނިޔޭގައި އެމީހުން ދިރިއުޅޭ ހާ ހިނދަކު މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިވެ ވޮޑިގެންނެވުން ލިބި، އަދި އެކަލާނގެއާއި އެބައިމީހުންނާއި ދެމެދު އޮންނާނީ ގާތް ފުރިހަމަ ގުޅުމެއް ކަމުން އެމީހުންނަށް ޚާއްސަ ހިތްހަމަޖެހުމެއް ލިބެއެވެ. އަދި އެބައިމީހުންގެ ކިބައިގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގެންވާ ފަދަ ސިފަތައް އެމީހުންގެ އަމަލާއި ބަހުންވެސް ފާޅުވެ އެނގޭނެއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

F

Title
ސުރުޚީ
ތަފްސީލު
Feast of Harvest
ގޮވާންކެނޑުމުގެ ޢީދު
މީހުން ފާހަގަކުރާ ޢީދެކެވެ. މިޢީދު ފާހަގަ ކުރެވެނީ މިންޖުވުން ފާހަގަކުރާ ޢީދަށް ފަހު ހަތް ހަފްތާ ފަހުންނެވެ. އިސާގެފާނުގެ ދުވަސްވަރު ބަނީއިސްރާއީލު މީހުން މިޢީދު ފާހަގަ ކުރަނީ ސީނީނު ފަރުބަދައިގައި މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި އަމުރުފުޅުތައް ހަނަދުމަކޮށް އެކަމުގެ ޒިކުރާ ފާޅުކުރުމަށް ޓަކައެވެ. މާތްރަސްކަލާނގެ އިސާގެފާނުގެ މަންދޫބުންގެ މައްޗަށް އެންމެ ފުރަތަމަ ފަހަރު މާތްރޫހުފުޅު ފޮނުއްވީ ވެސް ހަމަ މިޢީދުގެ ދުވަހެއްގައެވެ. އެހެންކަމުން އީސާގެފާނަށް އީމާންވާ އެންމެހާ މީސްތަކުން މާތްރޫހުފުޅު ދެއްވި ކަމުގެ ޝުކުރު އަދާކުރުމުގެ މިޢީދު ފާހަގަކުރެއެވެ.
Festival of Shelters
ހިޔާވަހި ހަދާ ޢީދު
މިއީ ހަތްދުވަސް ވަންދެން ފާހަގަ ކުރެވޭ ބަނީއިސްރާއީލު މީހުންގެ ވަރަށް މުހިންމު މުނާސަބަތެކެވެ. މި މުނާސަބަތު ފާހަގަ ކުރަނީ މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުންގެ ކާބަފައިންނަށް ރަހުމަތްލައްވާ ކައްނާންގެ ހަނަފަސް ބިމުގެ ތެރޭ އެމީހުންނަށް މަގުދެއްކެވިކަމުގެ ޒިކުރާ ފާޅުކުރުމަށެވެ. މި މުނާސަބަތަށް ހިޔާވަހި ހަދާ ޢީދޭ ކިޔެނީ މިމުނާސަބަތު ފާހަކުރާ ހަތްދުވަހު އެމީހުން އުޅެނީ ވަގުތީ ހިޔާވަހިތަކެއް ނުވަތަ ފޭލިގެފަދަ ތަނެއް ހަދާ އެތާގައެވެ.
Freedmen
މިނިވަން ފިރިހެނުން
މިއީ ގުރީކު މީހުން އުޅުނު ތަންނަނުގައި ވީ ބަޔެކެވެ. އެމީހުންނަކީ އަޅުންގެ ގޮތުގައި ވަނިކޮށް މިނިވަން ކުރެވިފައިވީ މީހުންނެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

G

Title
ސުރުޚީ
ތަފްސީލު
Grace
ރަހުމަތްފުޅު
މިއީ މާތްރަސްކަލާނގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް އުޒުރެއް އަދި ސަބަބެއް ނެތި ދެއްވާ ބަރަކާތާއި ރަހުމަތްފުޅެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

H

Title
ސުރުޚީ
ތަފްސީލު
Heaven, Paradise
ސުވަރުގެ
ސުވަރުގެއަކީ މާތްރަސްކަލާނގެ ވޮޑިގެންވާތަނެވެ. އެތާގައި މަލާއިކަތުން ވެސް ވެއެވެ. އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރާ މީހުން މަރުވުމަށް ފަހު އެކަލާނގެ ހަޒްރަތުގައި ނިމުމެއް ނުވާ ހަޔާތެއް ވޭތުކުރާނެ ތަނަކީ ސުވަރުގެއެވެ. އެފަދަ މީހުން އެތަނުގައި މަލާއިކަތުން ފަދައިން ރޫހާނީ ބަޔަކު ކަމުގައި ވާނެއެވެ. ސުވަރުގޭގައި އަނދިރިކަމެއް ނުވެއެވެ. އެތާގައި ވޭނެއް ހިތާމައެއް ވެސް ނުވެއެވެ. އަދި އެތާގައި މަރުވުމެއް ވެސް ނުވެއެވެ.
Hell
ނަރަކަ
ނަރަކައަކީ ޤިޔާމަތް ވުމަށްފަހު އެންމެންނާއި މެދު ހިސާބު ބެއްލެވުމަށް ފަހު މާތްރަސްކަލާނގެ ރުއްސެވުން ލިބިގެންނުވާ މަގުން އުޅުނު މީހުންނަށް ޖަޒާ ލިބުމަށް ފޮނުވޭނެ ތަނެވެ. އެތަނަށް ފޮނުވޭ މީހުން މާތްރަސްކަލާނގެ އާއި އަބަދުގެ އަބަދަށް ވަކިވުމުގެ ހިތާމަ ކުރަން ޖެހޭނެއެވެ. އެކަލާނގެ ކިބަފުޅުން ލިބެން ވާ އެއްވެސް ރަހުމަތަކާއި ނުލާ އެބައިމީހުން ނިމުމެއް ނުވާ ދުނިޔެ އެތާގައި ވޭނާއި ކެކުޅުމާއި އެކު ހޭދަކުރަން ޖެހޭނެއެވެ. އެތާގައި އިންސާނުންގެ އެންމެބޮޑު އަދާވަތްތެރިޔާ އިބިލީސް ނުވަތަ ޝައިތާނާ ވެސް ވާނެއެވެ.
Herod
ހެރޮދު
ހެރޮދު އަކީ ބަނީއިސްރާއީލުންގެ ހިސާބެއްކަމުގައިވައި ގަލީލީ އާއި ޕެރެއާ ސަރަހައްދުގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. މިރަސްކަން އޭނާއަށް ލިބިވަޑައިގެންނެވީ އޭނާގެ ބައްޕާފުޅުގެ ފަރާތުންނެވެ. އޭނާގެ ބައްޕާފުޅުގެ ނަމަކީ ވެސް ހެރޮދުއެވެ. އޭނާގެ ބައްޕާފުޅަކީ ޖުދެއާގެ މައްޗަށް ރަސްކަންކުރެއްވި ރަސްކަލެކެވެ. ހެރޮދުގެ ރަސްކަމުގެ ޒަމާނުގައި ވެސް ބަނީއިސްރާއީލު އޮތީ ރޫމުގެ ސަރުކާރުގެ އަތްދަށުގައެވެ. މިރަސްރަސްކަލުންގެ ބާރާއި އަމުރު ފަލަސްތީނުގެ ސަރަހައްދުގެ މައްޗަށް ހިންގި ނަމަވެސް އެމީހުން ކަންތައް ކުރަންޖެހެނީ ރޫމު ސަރުކާރުން އަންގާގޮތުގެ މަތިންނެވެ.
Herod Agrippa
ހެރޮދު އަގުރިޕާ
މިއީ އީސާގެފާނުގެ ޒަމާނުގައި އުޅުނު ހެރޮދު ރަސްގެފާނުގެ ކާފަ ދަރިކަލުންނެވެ.
High Priest
ބޮޑު އިމާމުން
އިމާމުން ބަލާ - އިމާމުންނަކީ ހަމައެކަނި ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ މީހުންނެވެ. ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ އެތައް ބައިވަރު އިމާމުންނެއްވިއެވެ. އިމާމުން ބައިތުލް މަޤްދިސް ފިޔަވާ އެހެން އެއްވެސް ދީނީ މަރުކަޒެއްގައި ޚިދުމަތެއް ނުކުރެއެވެ. އެމީހުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް ގެނައުމުން އެއެއްޗެތި އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. ބަނީއިސްރާއީލުންގެ މެދުގައި އިމާމުންނަށް ވަރަށް އިހުތިރާމް ކުރެވެއެވެ. އިމާމުންގެ ތެރޭގައި ތިންދަރަޖައެއް ވެއެވެ. އެއީ އިމާމުންނާއި، ބޮޑުއިމާމުންނާއި އަދި އުއްތަމަ އިމާމެވެ. އިމާމުންނާއި ބޮޑުއިމާމުންގެ ހުރިހާ އެންމެންނަކީ ވެސް އުއްތަމަ އިމާމުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ. އުއްތަމަ އިމާމަކީ ދީނީ ހުރިހާ ކަމެއްގައިވެސް އެންމެ އިސްފަރާތެވެ.
Holy Spirit
މާތްރޫހުފުޅު
މާތްރޫހުފުޅަކީ މާތްރަސްކަލާނގެ ރޫހުފުޅެވެ. މިރޫހުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީހު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫހުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫހުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫހުފުޅުގެ ސަބަބުން އެރޫހުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

I

J

Title
ސުރުޚީ
ތަފްސީލު
Jerusalem
ޖެރޫސަލަމް
ޖެރޫސަލަމް އަކީ ބަނީއިސްރާއީލުގެ އެންމެ މުހިންމު ރަށެވެ. އެއީ ބަނީއިސްރާއީލުގެ މީހުން އަޅުކަން ކުރުމުގެ އެންމެ ޚާއްސަ އަދި އެންމެ މާތް ތަންކަމުގައިވާ ބައިތުލް މަޤްދިސް ބިނާ ކުރެވިފައިވާ ރަށް ވެސް މެއެވެ. ކޮންމެ އަހަރަކު ވަށައިގެންވާ ޤައުމުތަކުން ބަނީއިސްރާއީލުގެ މީހުން އެބައިމީހުންގެ ޚާއްސަ ދީނީ ޢީދުތަކުގެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކާ އަހަރަކު ތިންފަހަރު ޖެރޫސަލަމަށް އައިސް އުޅުނެވެ.
John the Baptist
ޔަހުޔާގެފާނު
ޔަހުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީހު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ.
Jonah
ޔޫނުސްގެފާނު
މިއީ ރަސޫލުބޭކަލެކެވެ. މާތްރަސްކަލާނގެ ޔޫނުސްގެފާނަށް ނިނެވޭ އޭ ކިޔުނު ރަށަކަށް ދިއުމަށް އެންގެވިއެވެ. އެއީ ވަރަށް ބޮޑުރަށެއްކަމުގައި ވިއެވެ. އަދި އެރަށުގެ މީހުންގެ ނުބައިކަމާއި އަނިޔާވެރިކަމަކީ އޭރު މަޝްހޫރު ވާހަކައެކެވެ. މާތްރަސްކަލާނގެ ޔޫނުސްގެފާނަށް އެންގެވީ އެރަށަށް ގޮސް އެރަށުގެ މީހުންނަށް އެމީހުންނާއި މެދު ވާ މާތްރަސްކަލަނގެ ކޯފާފުޅުގެ ޚަބަރު އެމީހުންނަށް ދިނުމަށެވެ. ނަމަވެސް ޔޫނުސްގެފާނަށް މިކަމާއި ކުރިމަތިލާކަށް ނުކެރުނެވެ. އެހެން ކަމުން އެކަލޭގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައްކޮށް ކިޔަމަން ވުމުގެ ބަދަލުގައި ފުރައިގެން އެހެން ރަށަކަށް ދިޔައެވެ. އެދިޔަ މަގުމަތީ ކަނޑު ގަދަވެ އެބޯޓު ގެނބެން ފެށުމުން ޔޫނުސްގެފާނު އެބޯޓުގެ ވެރިމީހާ އަށް އެހުރިހާ ކަމެއް އެވަނީ އެކަލޭގެފާނުގެ ސަބަބުން ކަމުގައި ބުނެދިނެވެ. އެބޯޓުގެ މީހުން ޔޫނުސްގެފާނު ކަނޑަށް އެއްލާލިއެވެ. އަދި ބޮޑުމަހެއް އެކަލޭގެފާނު ދިރުވާލިއެވެ. އެއަށްފަހު ތިންވަނައަށް ވީ ދުވަހު އެބޮޑުމަސް ޔޫނުސްގެފާނު ގެންގޮސް ގޮނޑުދޮށަކަށް ދޫކޮށްލިއެވެ. ދެން އެކަލޭގެފާނު ދަތުރުކުރައްވާ ވަޑައިގެން އެރަށުގެ މީހުންނަށް އެމީހުންގެ މައްޗަށް ވާ މާތްރަސްކަލާނގެ ކޯފާފުޅުގެ ޚަބަރުދެއްވިއެވެ. އެރަށުގެ މީހުން އެއަޑުއަހާ އެމީހުންގެ ފާފަވެރިގޮތް ދޫކޮށް ތައުބާވެ އެކަލާނގެކިބަފުޅަށް ކިޔަމަންވިއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

K

Title
ސުރުޚީ
ތަފްސީލު
Kingdom of God
މާތްރަސްކަލާނގެ ރަސްކަންފުޅު
މިބަސްފުޅުގައި ތިން މާނަ އެއްވެއެވެ. އޭގެތެރެއިން އެއް މަނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމަށްވާ ނަމަ އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލަނގެ އާއި ދެމެދުގައި ވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުންވިޔަސް ކުރާ ހުރިހާކަމެއް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާނެ ރަސްކަންފުޅާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ. އަދި މިބަސްފުޅުގެ ތިންވަނަ މަނައަކީ މީސްތަކުންނަށް ތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

L

Title
ސުރުޚީ
ތަފްސީލު
Law, Law of Moses
ތައުރާތު
ތައުރާތަކީ މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށ،ް މީސްތަކުންނަށް އެންގެވި ޤާނޫނާއި ޤަވައިދުތައް ލިޔެވި ބަޔާންވެގެންވާފޮތްކޮޅެވެ. އެފޮތްކޮޅުގެ މައިގަނޑަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ދެއްވި އެންމެ މުހިންމު ދިހަ އަމުރުފުޅެވެ. އެފޮތުގައި ލިޔެވިގެންވާ ޤަވައިދުތަކާއި ޤާނޫނަކީ މުޅި ދުނިޔެ ނެތިގެން ދިޔަޔަސް އޭގެން ފިއްޔަކަށް ނުކުތާއަކަށް ވެސް ބަދަލެއް ނާންނާނޭ ޤަވައިދާއި ޤާނޫނެކެވެ. އެއީ ތައުރާތުގައި ވާ އެންމެ ހައި ބަސްފުޅުތަކަކީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ.
Levi
ލެވާއި
މިއީ ޔައުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއްދަރިކަލެއްގެ ނަންފުޅެވެ. މޫސާގެފާނާއި ހާރޫނުގެފާނަކީ އޭނާގެ ދަރިކޮޅުގެ ދެބޭކަލުންނެވެ. ބަނީއިސްރާއީލުގެ ހުރިހާ އިމާމުންނަކީ ވެސް ލެވާއިގެ ދަރިކޮޅުގެ މީހުންނެވެ. އަދި ބަނީއިސްރާއީލުގެ ހުރިހާ އިމާމުންގެ އެންމެފުރަތަމަ ކާބަފައިކަލުންނަކީ ހާރޫނުގެފާނެވެ. އަދި ލެވާއި މިނަމަކީ ބަނީއިސްރާއީލުގެ މީހުންގެ ތެރޭގައި ނަމެއްގެ ގޮތުގައި މީހުންނަށް ކިޔާ އުޅުނު ނަމެކެވެ. އަދި މިއީ އީސާގެފާނުގެ ޚާއްސަ ބާރަ އަސްހާބީންގެ ތެރެއިން އެއް އަސްހާބީއެއްގެ ނަންވެސް މެއެވެ.
Lord's Supper
މާތްސާހިބު އީސާގެފާނުގެ މަތިން ހަނދުމަކުރުމަށް ކާކެއުން
މިއީ އީސާގެފާނު އެކަލޭގެފާނުގެ ހަށިކޮޅު ޤުރުބާންކޮށް ލޭފޮދު އޮހޮރާ އިންސާނުންގެ، ފާފައިގެ ކައްފާރާއެއްގެ ގޮތުގައި މަރުވެ ދިޔަދިޔުން ހަނދުމަކުރުމަށްޓަކާ އެކަލޭގެފާނަށް އީމާންވާ މީހުން ކުރާކަމެކެވެ. އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ހަލާކުވެދިޔަކަން ހަނދުމަކުރުމަށްޓަކާ އެމީހުންގެ މެދުގައި ބޮޑުރޮއްޓެއް ބައިބައިކޮށް ބަހާލާ އަދި އޮހޮރިދިޔަ އެކަލޭގެފާނުގެ ލޭފޮދުގެ މަތިން ހަނދާންކުރުމަށްޓަކާ މޭބިސްކަދުރުގެ ދިޔަ ބޮއިހަދައެވެ.
Lot
ލޫތުގެފާނު
ލޫތުގެފާނުގެ ބޮޑުބޭބެއަކީ އިބުރާހިމުގެފާނެވެ. ލޫތުގެފާނު ދިރިއުޅުއްވަމުން ގެންދިޔައީ ސޮދަމު އާއި ގޮމޯރާ އާއި ވަރަށްކައިރީގައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު މެދުވެރިކުރައްވާ ލޫތުގެފާނަށް އެންގެވީ ހުރިހާ މުދަލަކާ ހުރިހާ އެއްޗެއް ދޫކޮށް އެރަށުން ދިއުމަށެވެ. އަދި އެއްގޮތަކަށް ވެސް ފަހަތަށް އެނބުރި ނުބެލުމަށެވެ. ލޫތުގެފާނުން އެރަށުން ބޭރަށް ވަޑައިގަތުމާއި އެކު ދުވަހުގެ އިރުއޮއްސުނު ވަގުތު މާތްރަސްކަލާނގެ އުޑުން އަލިފާނުގެ ތޫފާނެއް އެދެރަށުގެ މައްޗަށް ފޮނުއްވިއެވެ. އެދުވަހު ސޮދަމު އާއި ގޮމޯރާގެ މައްޗަށް މާތްރަސްކަލާނގެ ފޮނުއްވިކޯފާއިން އެދެރަށުގައި ވާ އެންމެން ނެތިވެދިޔައެވެ. ލޫތުގެފާނުގެ އަނބިކަބަލުން ފަހަތަށް އެނބުރި އެދެރަށާއި ދިމާއަށް ބެއްލެވި ހިނދު އޭނާ ގަނޑުވެ ހިލަތަނބަކަށް ވިއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

M

Title
ސުރުޚީ
ތަފްސީލު
Messiah, Christ
އަލްމަސީހު
ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީހު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެންކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީހު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. ރަސޫލުންނާއި ބީބޭކަލުން އަންގަވައިފައިވަނީ އަލްމަސީހު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީހުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީހު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލންނާއި ނަބީބޭކަލުން އަލްމަސީހުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުންނާއި ނަބީބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީހުއެވެ.
Moses
މޫސާގެފާނު
މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިސްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިސްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ގަވައިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.
Mount of Olives
ޒައިތޫނި ފަރުބަދަ
މިއީ ހަތަރުވަރަކަށް ފަރުބަދަ ގުޅިގެން އުފެދިފައިވާ ފަރުބަދައިގެ ސިލްސިލާއެކެވެ. މިފަރުބަދަ ވަނީ ޖެރޫސަލަމްގެ ކައިރީ އެރަށުގެ އިރުމަތީ ފަރާތުގައެވެ. އީސާގެފާނު ދުނިޔޭގައި އުޅުއްވި ޒަމާނުގައި އެފަރުބަދަތަކުގެ މަތީގައި ވަރަށް ގިނަ ޒައިތޫނި ގަސްތައް ހެދިފައިވިއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

N

Title
ސުރުޚީ
ތަފްސީލު
Naaman
ނައުމާނު
ނައުމާނަކީ އޭނާ އުޅުނު ޒަމާނުގެ ސީރިޔާގެ ސިފައިންގެ މަތީ ކޮމާންޑަރެކެވެ. އޭނާއަށް ޖިޒާމު ބަލިޖެހުނެވެ. އަދި އޭނާ ރަސޫލުބޭކަލެއްކަމުގައިވައި އެލީޝާހުގެފާނުގެ އަރިހަށް އޭނާގެ ބަލިން ފަސޭހަވުމަށް އެދި ދިޔައެވެ. އެލީޝާހުގެފާނު އޭނާއަށް ޖެހިފައިވީ ޖިޒާމު ބަލިން ފަސޭހަކޮށް ރަނގަޅުކޮށް ދެއްވިއެވެ. އެދުވަހަށްފަހު ނައުމާނު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަންކުރިއެވެ. އޭގެ ކުރިން އޭނާއަކީ އެހެން ސީރިޔާގެ މީސްތަކުން ފަދައިން ދޮގު ކަލާނގެތަކަށް އަޅުކަން ކުރިމީހެކެވެ.
New "People of Israel" (bani Israel)
އާ ބަނީއިސްރާއީލު މީހުން
މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި އަދި އެކިތަފާތު ދީންތަކުގެ މީހުންގެ ތެރެއިން މަތިވެރި މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ މޫސާގެފާނު މެދުވެރިކޮށް އެކަލާނގެ ދެއްވި ދިހަ އަމުރުފުޅަށް ކިޔަމަންވެ އުޅޭ މީހުންނެވެ. މި މީހުންގެ ތެރެއިން ހުރިހާ ފިރިހެނުން އާ ބަނީއސްރާއީލު މީހުންނަށް ވުމަށްޓަކާ ވަނީ ޙިތާނުވެސް ކުރެވިފައެވެ.
Ninive
ނީނެވޭ
ރަށެއްގެ ނަމެކެވެ - ޔޫނުސްގެފާނު ބަލާ

A B C D E F G H I J K L M N O P Q R S T U V W X Y Z

O

P

Title
ސުރުޚީ
ތަފްސީލު
Parable
މާނަފުން ވާހަކަ
މާނަފުން ވާހަކައަކީ މީހުންނަށް ފަސޭހައިން އެއްޗެއް އަންގައި ދިނުމަށް ނުވަތަ އޮޅުން ފިލުވާ ދިނުމަށް ބޭނުން ކުރެވޭ މިސާލުބަހެއް ފަދަ ކުރު ވާހަކައެކެވެ. އީސާގެފާނު މީސްތަކުންނަށް މާތްރަސަކަލާނގެ ރަސްކަންފުޅާ މެދު އުނގަންނައި ދެއްވާ، އަދި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މާނަ ހާމަކޮށްދެއްވުމަށްޓަކައި މިފަދަ މިސާލު ބަސްތައް ބޭނުންކުރައްވާ މާނަ ފުން ވާހަކަތައް ވިދާޅުވެ ދެއްވި އެވެ. އީސާގެފާނު މިފަދަ މާނަފުން ވާހަކަތައް މީސްތަކުންނަށް އުގަންނައި ދެއްވުމަށް ބޭނުންކުރެއްވީ މީސްތަކުން އެބަސްފުޅުތަކުގެ މައްޗަށް ބޮޑަށް ވިސްނާ، އަދި އެފަދަ ވާހަކަތަކުގެ ސަބަބުން އެބަސްފުޅުތައް ހަނދާން ބެހެއްޓުމަށް އެހީތެރިވެދެއްވުމަށް ޓަކައެވެ.
Passover
މިންޖުވުން ފާހަގަކުރާ ޢީދު
މިއީ ބަނީއިސްރާއީލުގެ މީހުން މިސްރުގައި އަޅުވެތިވެފައި ވީ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބަތު ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޮޑުރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ކަތިލެވޭ ސަބަބަކީ އެމީހުން މިސްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިސްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިސްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިއެއް ގުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާންކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިސްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ.
Pharisees
ފަރީސީނުނ
މިއީ ބަނީއިސްރާއީލުގެ އެންމެ ބާރުގަދަ ދީނީ ބައިގެ މީހުންނެވެ. މިމީހުންނަކީ ދީނުގެ ކަންތައްތަކުގެ ޤަވާއިދުތައް އެންމެ ކުޑަމިންވަރެއް ވެސް އުނިނުކޮށް ކޮށްއުޅުނު ބަޔެކެވެ. އެހެން މީހަކުވެސް ކިރިޔާވެސް ކަމެއް އުނިކޮށްފިނަމަ ފަރީސީނުންގެ މީހުން އެމީހަކާއި ދޭތެރޭ މައާފެއް ނުކުރެއެވެ. އަދި އެކަމުގެ ސަބަބުން އެމީހަކަށް އަދަބު ލިބެއެވެ. ބަނީއިސްރާއީލުންގެ މެދުގައި ފަރީސީނުންނަށް ވަރަށްބޮޑަށް އިހުތިރާމު ކުރެވެއެވެ. ބައެއް ފަރީސީނުންނަކީ އިމާމުން ވެސްމެއެވެ.
Philippi
ފިލިއްޕީ
ފިލިއްޕީ އަކީ މެސެޑޯނިޔާގެ ރަށެކެވެ. މިރަށަކީ ސީދާ ރޫމުގެ ސަރުކާރުން އެތަނެއްގައި ވެރިކަން ކުރި ރަށެކެވެ. އެރަށުގެ ވެރިންނަށް ވެސް ތިބީ ހަމަ ރޫމުގެ މީހުންނެވެ. ޕައުލް އާއި ސިލާހު އަކީ ރޫމުސަރުކާރުގެ ރައްޔިތުން ކަމުން އެމީހުން އެރަށުގައިވީ އިރު އެމީހުންނާއި ދިމާވި ކަންތައްތަކާއި މިސަބަބާއި މެދު ވަރަށް ބޮޑު ގުޅުމެއްވެއެވެ.
Philosophers
ފަލްސަފާވެރިން
ފަލްސަފާވެރިންނަކީ ވިސްނުމުގެ ސައިންސުގެ މާހިރުންނެވެ. ގުރީކު މުޖުތަމައިގައި މިފަދަ މީހުންނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެވެއެވެ. އެހެން ކަމުން އެދުވަސްވަރުގެ ފަލްސަފާވެރިންނަކީ ވަރަށް ކިބުރުވެރި ބަޔަކު ކަމުގައިވިއެވެ. އެމީހުންނަކީ ބަހުސްކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބަޔެކެވެ. މިފޮތުގެ 71 ވަނަ ބާބުގައި ބަޔާންވެގެންވާ ފަލްސަފާވެރިންގެ ދެބައެއް ވެއެވެ. އޭގެން އެއްބަޔަކަށް ކިޔެނީ އެޕިކުރިއަންސު އެވެ. މިމީހުންނަކީ އުފަލާ އަރާމުތަކުގެ މުހިންމުކަން ފަލްސަފާ ކުރާބަޔެކެވެ. އަނެއްބައިގެ ނަމަކީ ސުޓޮއިކުސް އެވެ. މިމީހުންނަކީ އަމއިްލަ ނަފުސުގެ މައްޗަށް ބާރުހިންގުމުގެ ފަލްސަފާ ކުރާބަޔެކެވެ.
Prayer
ދުޢާ
ދުޢާކުރުމަކީ މާތްރަސްކަލާނގެ މަތިވެރިކަމުގެ މައްޗަށް ހަމްދުސަނާ ކިޔުމާއި އަދި އެކަލާނގެ ދެއްވާ ރަހުމަތްފުޅުތަކަށް ޝުކުރުއަދާކުރުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދައިން ކަންތައްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ބޭނުންތަކާއި ހިތުގެ އުންމީދުތަކަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ފާފަތަކަށް މައާފުދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. އަދި އެހެން މީހުން ތިމާއަށް ކުރާ ދެރަ ނުބައިކަންތަކަށް ވެސް މައާފުކުރުމުގެ ބާރުދެއްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ ފާފައިން ދުރުވެގެން އުޅުމުގެ ބާރު ދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަކަށް ވަކި ޚާއްސަތަނެއް، ޚާއްސަ ވަގުތެއް، ޚާއްސަ ދުވަހެއް އަދި ޚާއްސަ ބަހެއް ވެސް ނުވެއެވެ. އެކަލާނގެއީ އިންސާނުންގެ ހިތުގެ އެންމެ ފުން ޚިޔާލުތަށް ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.
Priest
އިމާމުން
އިމާމުންނަކީ ހަމައެކަނި ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ މީހުންނެވެ. ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ އެތައް ބައިވަރު އިމާމުންނެއްވިއެވެ. އިމާމުން ބައިތުލް މަޤްދިސް ފިޔަވާ އެހެން އެއްވެސް ދީނީ މަރުކަޒެއްގައި ޚިދުމަތެއް ނުކުރެއެވެ. އެމީހުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް ގެނައުމުން އެއެއްޗެތި އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. ބަނީއިސްރާއީލުންގެ މެދުގައި އިމާމުންނަށް ވަރަށް އިހުތިރާމް ކުރެވެއެވެ.އިމާމުންގެ ތެރޭގައި ތިންދަރަޖައެއް ވެއެވެ. އެއީ އިމާމުންނާއި، ބޮޑުއިމާމުންނާއި އަދި އުއްތަމަ އިމާމެވެ. އިމާމުންނާއި ބޮޑުއިމާމުންގެ ހުރިހާ އެންމެންނަކީ ވެސް އުއްތަމަ އިމާމުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ. އުއްތަމަ އިމާމަކީ ދީނީ ހުރިހާ ކަމެއްގައިވެސް އެންމެ އިސްފަރާތެވެ.
Prophet (Nabii)
ނަބީ
މާތްރަސްކަލާނގެ ވަޙީ ބަސްފުޅު ހާމަކޮށްދޭ މީހެއް.
Prophets (Rasool)
ރަސޫލުބޭކަލުން
ރަސޫލުންނަކީ މާތްރަސްކަލާނގެ ދެއްވާ ޚަބަރަކާއިގެން މީސްތަކުންގެ ކާރިއަށް އަންނަ މީހާއެވެ. އަރަބި ބަހުން މިލަފުޒުގެ މާނައަކީ ޚަބަރު ގެނެސްދޭ މީހާއެވެ. ބަނީއިސްރާއީލުންގެ ތާރީޚުގައި ވަރަށް ގިނަ މުހިންމު ރަސޫލުބޭކަލުންނެއް ހިމެނެއެވެ. އަދި މިއިން ކޮންމެ ރަސޫލުބޭކަލަކު ވެސް މީސްތަކުންނަށް ދެއްވީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު އެއްޚަބަރު ފުޅުތަކެކެވެ. މިއިން އެއްވެސް ރަސޫލުބޭކަލަކު އާދީނަކަށް އުޅުމަކަށް މީސްތަކުންނަކަށް ނާންގަވައެވެ. އަދި މި ރަސޫލުބޭކަލުން މާތްރަސްކަލާނގެ ދެއްވި ޚަބަރުފުޅުތަކާއިގެން ވަޑައިގެންނެވީ ތާރީހުގެ އެކި އެކި ދުވަސްވަރު ކަމުގައި ވިޔަސް އެއްރަސޫލުބޭކަލަކަށް ފަހު އަނެއް ރަސޫލުބޭކަލެއްގެ ބަސްފުޅުތައް ބާތިލުވެ އުވިގެނެއް ވެސް ނުދެއެވެ. އެބޭކަލުންގެ ބަސްފުޅުތަކަކީ ހަމަ އެއްބަސްފުޅެކެވެ. އެއީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

Q

R

Title
ސުރުޚީ
ތަފްސީލު
Resurrection
އަލުން ދިރިދުނިޔެއަށް ވަޑައިގަތުން
މިއީ މަރުވުމަށް ފަހު އަލުން ދިރުމެވެ. އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރި ދުނިޔެއަށް ވަޑައިގަތުމުގެ ސަބަބުން، އެކަލޭގެފާނުގެ ހަށިކޮޅު ކުނިވެ ނެތިގެން ނުދާކަން އެނގި ހާމަވެއެވެ. އެއީ މަރަކަށް އެކަލޭގެފާނު މައްޗަކަށް ބާރެއް ނުހިންގޭނެތީއެވެ. އެކަލޭގެފާނީ ޚޮދު ދިރިހުރުމެވެ. އެކަލޭގެފާނު ދުވަހަކުވެސް މަރުވެ ނެތިގެނެއް ނުދާނެއެވެ.
Roman citizen
ރޫމުސަރުކާރުގެ ރައްޔިތެއް
ރޫމުސަރުކާރުގެ ރައްޔިތެއް ކަމުގައި ވުމަކީ ވަރަށް ބޮޑު ފައިދާ އާއި އިސްކަން ލިބޭ ކަމެކެވެ. އެއީ ރޫމުގެ ސަރުކާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް ރޫމުސަރުކާރުގެ ރައްޔިތަކަށް ވުމުގެ ނަސީބު ލިބިފައިވަނީ ވަރަށް މަދު މީހަކަށެވެ. ރޫމުސަރުކާރުގެ ރައްޔިތަކާއި މެދު ހެއްކާއި ދަލީލުގެ މައްޗަށް ޝަރީއަތް ކޮށްބަލާ ހެދުމަށް ފަހު ނޫނީ އެއްވެސް އަދަބެއް ދިނުމަކީ މަނާކަމެކެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

S

Title
ސުރުޚީ
ތަފްސީލު
Sabbath
ސަބަތުގެ ދުވަސް
މިދުވަހަކީ ބަނީއިސްރާއީލުގެ މީހުންގެ ހަފްތާގެ ހަތްވަނަ ދުވަހެވެ. ސަބަތުގެ ދުވަސް ފެށެނީ ހުކުރު ދުވަހުގެ އިރު އޮއްސުމުންނެވެ. ހިބްރޫ ބަހުން ސަބަތުގެ މާނައަކީ އަރާމު ކުރުމުގެ ދުވަހެވެ. ނުވަތަ މަސައްކަތް ހުއްޓާލުމުގެ ދުވަހެވެ. މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ މީސްތަކުންނަށް އެންގެވި ޚާއްސަ ދިހަ އަމުރުފުޅު ގެތެރެއިން އެއްއަމުރުފުޅަކީ ސަބަތުގެ ދުވަހަށް ހުރުމަތްތެރިކޮށް ހިތާ އެދުވަސް ފާހަގަ ކުރުމެވެ. މިދުވަހު މީސްތަކުން އެބައިމީހުންގެ އާދައިގެ މަސައްކަތްތައް ވެސް ކުރުމުން ދުރުވެއެވެ. އެދުވަހު އެމީހުން އަޅުކަން ކުރުމަށް އެއްވުމާއި މާތްރަސްކަލާނގެ ކިބަފުޅާ މެދު ހަނދުމަ ކުރުމުގައި ހޭދަކުރެއެވެ. ނަމަވެސް ދީނުގެ ދަންނަބޭކަލުން ސަބަތުގެ ދުވަހާއި ބެހޭ އެތައް އާދަކާދަތަކެއް އުފައްދާ އޭގެ ބޮޑު ތަފްސީލެއް އެކަށައެޅީ މޫސާގެފާނު ގެ ޒަމާނުގެ ފަހުންނެވެ.
Sacrifice
ޤުރުބާންކުރުން
މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކުރައްވާ ބަނީއިސްރާއީލުގެ މީހުންނާއި އެކު އިޤްރާރެއް ކުރެއްވިއެވެ. މިއިޤްރާރުގައި ހިމެނޭ އެއްގަވައިދަކީ ބަނީއިސްރާއީލުގެ މީހުން ކުރަންޖެހޭ ޤުރުބާންތަކެކެވެ. މިޤުރުބާންތައް ކުރުމުގެ ތިން މަޤްސަދެއްވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އިޙުތިރާމް އަދާކޮށް އެކަލާނގެ ދެއްވި ރަހުމަތްތަކުގެ މައްޗަށް ޝުކުރުކުރުމެވެ. ދެވަނަ ކަމަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވެ އެކަންތައް ތަކަށް އެކަލާނގެ ކިބަފުޅުން މައާފުލިބިގަތުމެވެ. އަދި ތިންވަނަކަމަކީ ތިމާގެ ފާފަތަކުގެ ސަބަބުން ތިމާއަކީ މާތްރަސްކަލާނގެ ކިބަފުޅުގައި ނުތާހިރު މީހަކަށް ވެއެވެ. ނަމަވެސް އެމީހުން ކުރާ ޤުރުބާނުގެ ސަބަބުން އެކަލާނގެ ކިބަފުޅުގައި އެމީހަކީ ތާހިރުމީހަކު ކަމުގައިވެއެވެ. އެއީ އެމީހާގެ ފުރާނާއިގެ ބަދަލުގައި ޤުރުބާން ކުރެވޭ ޖަނަވާރުގެ ސަބަބުންނެވެ.
Sadducee
ސާދުސީން
މި މީހުންނަކީ ބަނީއިސްރާއީލުގެ ދީނުގެ މަޒުހަބެކެވެ. އެމީހުން ޤިޔާމަތްވާނެކަމެއް ޤަބޫލެއް ނުކުރެއެވެ. އަދި މަރުވުމަށް ފަހު އަލުން ދިރި ނިމުމެއް ނުވާ ދުނިޔެއާއި ކުރިމަތި ލާން ޖެހޭނެ ކަމަކަށް ވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ. ބަނީއިސްރާއީލުގެ މުއްސަނދިން މިމީހުންނަށް ވަރަށް ބޮޑަށް ތާއީދުކުރިއެވެ.
Samaria
ސަމީރިއްޔާ
މިއީ ފަލަސްތީނުގެ ޖުދެއާ ސަރަހައްދާއި ގަލީލީ ސަރަހައްދުގެ ދެމެދުގައިވާ ސަރަހައްދެކެވެ. ނަމަވެސް ބަނީއިސްރާއީލުގެމީހުން ސަމީރިއްޔާގެ މީހުންނަކީ ބަނީއިސްރާއީލުންގެ ތެރޭ ނުހިމެނޭ ބަޔަކު ކަމުގައި ދެކެ އުޅުނެވެ. އެއީ އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރާ ކުރުމުގައި ބައެއް ކަންތަކުގައި ބަނީއިސްރާއީލުގެ މީހުންނާއި ތަފާތު ވުމާއި އެކުގައެވެ. އޭގެތެރެއިން އެންމެ ޚާއްސަ ކަމަކީ ސަމީރިއްޔާ މީހުން ޖެރޫސަލަމުގައި ވާ ބައިތުލް މަޤްދިސް އަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުން ކުރަންވާ ޤުރުބާންތައް ކުރުމަށް ނާއުމެވެ. އޭގެބަދަލުގައި އެމީހުން އެޤުރުބާންތައް ކުރަނީ ސަމީރިއްޔާގައިވާ ފަރުބަދައެއްގެ މަތީގައެވެ. މިއީ މޫސާގެފާނު އަންގަވައިފައިވާ އެންގެވުންތަކާއި ޙިލާފު ކަމެކެވެ. މިތަފާތުތައް ހުންނާތީ ބަނީއިސްރާއީލުގެ މީހުން ސަމީރިއްޔާގެ މީހުން ދެކެ ނަފްރަތު ކޮށް އެމީހުނާ ދުރުހެލިވިއެވެ. އަދި އެމީހުންނަކީ މާތްރަސްކަލާނގެ ރުހިވޮޑިގެން ނުވާ ބަޔަކު ކަމުގައިވެސް ދެކެ އުޅުނެވެ.
Samuel
ޝަމުއިލްގެފާނު
އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވީ ޝައުލް ރަސްގެފާނު ރަސްކަމަށް އިސްކުރެއްވީ ވެސް ޝަމުއިލްގެފާނެވެ. އެގޮތުން މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށް ޝައުލް ރަސްގެފާނު ގެ ބޯފުޅަށް ތެޔޮއަޅުއަވާ އެރަސްގެފާނު ކަނޑައަޅުއްވާ ޚާއްސަކުރެއްވީ ޝަމުއިލްގެފާނެވެ. އަދި މީގެ ގާތްގަނޑަކަށް ތިރީސް އަހަރު ފަހުން ޝައުލް ރަސްގެފާނު މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަން ނުވުމުގެ ސަބަބުން މާތްރަސްކަލާނގެ ޝައުލް ރަސްގެފާނު ރަސްކަމުން ދުރުކުރެއްވިއެވެ. ދެން އެއަށްފަހު ދާއޫދުގެފާނު ބަނީއިސްރާއީލުގެ ރަސްކަމަށް އިސްކުރެވުނެވެ. ދާއޫދުގެފާނަށް ބަރަކާތް ލެއްވުމަށް ދުޢާކޮށް ރަސްކަމަށް އިސްކުރެއްވީ ވެސް ޝަމުއިލްގެފާނެވެ.
Sanhedrin
ބަނީއިސްރާއީލުގެ ދީނީކޯޓު
އީސާގެފާނުގެ ޒަމާނުގައި ބަނީއިސްރާއީލު ވީ ރޫމުސަރުކާރުގެ އަތްދަށުގައެވެ. ނަމަވެސް ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޝަރީއަތްތަށް ކުރުމަށްވާ ޚާއްސަ ދީނީކޯޓެއް ވިއެވެ. އެކޯޓުގައި ހިމެނެނީ 17 މެމްބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އިމާމުންނާއި، ދީނުގެބޮޑުންނާއި، އެދުރުންނާއި އަދި އުއްތަމަ އިމާމެވެ. ރޫމުސަރުކާރުން މިކޯޓަށް ބަނީއިސްރާއީލު މީހުންގެ މައްޗަށް ބާރުހިންގުމަށް ވަރަށް ބޮޑަށް ވެސް ދޫދީފައިވިއެވެ. ނަމަވެސް މިކޯޓުން މީހުންގެ މައްޗަށް މަރުގެ ހުކުމް ކުރުމުގެ ހުއްދައެއް ނޯވެއެވެ.
Satan, Devil
އިބިލީސް
އިބިލީސް ނުވަތަ ޝައިތާނާ އަކީ ރޫޙާނީ އެއްޗެކެވެ. ޝައިތާނާގެ މާނައަކީ އަދާވަތްތެރިޔާއެވެ. އަދި އެއީ ޖިންނިންނާއި އަދި އެހެނިހެން ވެސް ނުބައިވެގެންވާ ރޫޙާނީ ބާރުތަކުގެ މައްޗަށް އަމުރު ހިންގާ ފަރާތް ވެސް މެއެވެ. އިބިލީހުގެ މަގްސަދަކީ އާދަމުގެ ދަރީން މާތްރަސްކަލާނގެއާއި ދުރުހެލިކޮށް ދެކޮޅުވެރި ކުރުވުމެވެ. އިބިލީސް ނުވަތަ ޝައިތާނާއަކީ މިދުނިޔޭގެ އެންމެންގެ މައްޗަށް ހުރި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަދާވާތްތެރިޔާއެވެ. އަހަރުމެން ކުރާ ފާފަތަކުގެ ސަބަބުން އަހަރުމެން މާތްރަސްކަލާނގެ ކިބަފުޅާއި ދުރުވެ ހަލާކުގެ ތެރެއަށް ވެއްޓެއެވެ. އަދި އަހަރުމެން ފާފަކުރުމުގެ ސަބަބުން މި ނުރައްކާތެރި ރޫހާނީ ބާރު އިބިލީސް ނުވަތަ ޝައިތާނާ އަހަރުމެންގެ މައްޗަށް ވެރިކަން ހިންގައެވެ.
Sodom
ސޮދަމު
މިއީ ވަރަށް ކުރީ ޒަމާނެއްގައި އޮތް ރަށެކެވެ. އަދި މިރަށަކީ ތްރަސްކަލާނގެ އެދެރަށެއްގެ މީހުންގެ ނުބައިކަމާއި ފާފަވެރިކަން ހައްދުން ނެއްޓުމުގެ ސަބަބުން އުޑުން އަލިފާނާއި އަދަމުން ދިޔަ ކައްސަނދުވާނީގެ ވާރޭ ފޮނުއްވާ އެދެރަށެއްގެ އެންމެން ނެތިކޮށްލި އެއްރަށެވެ. މިފަދައިން މާތްރަސްކަލާނގެ ކޯފާ ފޮނުއްވި އަނެއް ރަށަކީ ގޮމޯރާ އެވެ.
Solomon
ސުލެއިމާނުގެފާނު
އެކަލޭގެފާނަކީ ބަނީއިސްރާއީލުގެ ތިންވަނަ ރަސްކަލުންނެވެ. ސުލެއިމާނުގެފާނުގެ ބައްޕާފުޅަކީ ދާއޫދުގެފާނެވެ. ސުލެއިމާނުގެފާނު މަޝްހޫރުވެފައިވަނީ އެކަލޭގެފާނުގެ ވިސްނުންފުޅާއި ހިކުމަތްތެރިކަމުގެ މަތިވެރިކަމާއި އަދި އެކަލޭގެފާނުގެ ރަސްކަމުގެ ތަނަވަސް ކަމާއި މަތިވެރި ކަމުގެ މައްޗަށެވެ. ސުލެއިމާނުގެފާނަކީ ބައިތުލް މަޤްދިސް ފުރަތަ ބިނާކުރެއްވި ބޭފުޅާ ވެސް މެއެވެ.
Son of God
މާތްރަސްކަލާނގެ ދަރިކަލުން
މިއީ މާތްރަސްކަލާނގެ އާއި އިންސާނަކާއި ދެމެދު އޮންނަންވާނެ ގާތް ފުރިހަމަ ގުޅުމުގެ މާނަ ފާޅުކޮށްދީ ހާމަކުރުމަށް ބޭނުން ކުރެވޭ ލަފުޒެކެވެ. މި ލަފުޒު މިއީ އީސާގެފާނުގެ ލަޤަބުފުޅުތަކުގެ ތެރެއިން އެއްލަޤަބުފުޅެވެ. އީސާގެފާނު ވަރަށް ގިނަ ފަހަރުމަތިން މާތްރަސްކަލާނގެ ކިބަފުޅާއި މެދު އަންގަވައި ދެއްވާ އުގަންނައި ދެއްވަމުން ގެންދެވި އިރު އެކަލާނގެ ކިބަފުޅަށް ބައްޕާފުޅޭ ވިދާޅުވެ މުޙާތަބު ކުރައްވާފައި ވެއެވެ.
Son of Man
އިންސާނާގެ ދަރިކަލުން
މިއީ އީސާގެފާނުގެ ލަޤަބުފުޅުތަކުގެ ތެރެއިން ހިމެނޭ އެއް ލަޤަބުފުޅެވެ. އެތައް އެތައް ރަސޫލުންނާއި ނަބީބޭކަލުންނެއް އަންގަވާފައިވާ ގޮތުގައި މާތްރަސްކަލާނގެ މިދުނިޔޭގެ އެންމެ ފަހު ދުވަސްވަރު "އިންސާނާގެ ދަރިކަލުން" މި ލަޤަބުން ނަން ދެވިފައިވާ ޚާއްސަ ބޭކަލަކު ފޮނުއްވާނެ އެވެ. މިއީ މާތްރަސްކަލާނގެ ބާރުފުޅުން ބާރު ލިބިވަޑައިގެން ވާނެ ބޭކަލެކެވެ. މި ބޭކަލާ ވަޑައިގެން އިންސާނުންގެ ހިތްތަކުން ޝައިޠާނާގެ ރަސްކަން ނެތި ކޮށްލައްވައި، މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރައްވާނެ އެވެ. އީސާގެފާނު އަލުން އެނބުރި ދުނިޔޭގެ މައްޗަށް ވެރިކަންކުރެއްވުމަށް ވަޑައިގަންނަވާނީ ދުނިޔެ ޤިޔާމަތް ވުމާއި ގާތްވުމުންނެވެ. އެދުވަހު ދުނިޔޭގައިވާ އެންމެހާ މީސްތަކުން އީސާގެފާނަކީ މާތްސާހިބާ ކަމުގައި ބުނެ ޤަބޫލުކޮށް، އެކަލޭގެފާނަށް ހަމްދު ސަނާކިއުމަށް އެބައިމީހުންގެ ކަކޫމައްޗަށް ތިރިވާނެއެވެ.
Synagogue
ދީނީމަރުކަޒު
މިއީ ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްކޮޅުތައް ކިޔުމަށް އެއްވާ ތަނެވެ. އަދި އެމީހުން އަޅުކަންކޮށް ދުޢާކުރުމަށާއި ކުޑަކުދިންނަށް ކިޔަވާ ދިނުމަށް ވެސް ދީނީމަރުކަޒުތައް ބޭނުންކުރެއެވެ. އަދި ހަމަ އެފަދައިން އެރަށެއްގެ މީހުންގެ ތެރޭ ހަމަޖައްސަންޖެހޭ ޝަރިއީ މައްސަލަތައް ހަމަޖެއްސުމަށް ވެސް ދީނީމަރުކަޒުތައް ބޭނުންކުރެވެއެވެ. ބަނީއިސްރާއީލުގެ ކޮންމެ ރަށެއްގައިމެ މިފަދަ ދީނީމަރުކަޒެއް ބިނާކުރެވިފައިވެއެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

T

Title
ސުރުޚީ
ތަފްސީލު
Tax
ޓެކުސް ދެއްކުން
ވާރުފައިސާ ނަގާ މީހުން ބަލާ
Tax Collector
ވާރުފައިސާ ނަގާ މީހުން
އީސާގެފާނު މިދުނިޔޭގައި އުޅުއްވި ދުވަސްވަރު ބަނީއިސްރާއީލުގައި ވާރުފައިސާ ނަގާ މީހުންނަކީ ރޫމުގެ ސަރުކާރުގެ ފަރާތުން ބަނީއިސްރާއީލުގެ މީހުން އަތުން އެކިބާވަތުގެ ޓެކުސް ނެގުމަށްޓަކާ އައްޔަން ކުރެވިފައިވާ ބައެކެވެ. ބަނީއިސްރާއީލުގެ މީހުން އެމީހުންނާއި މެދު ދެކެނީ އެ މީހުންނަކީ އަމިއްލަ ޤައުމަށް ހިޔާނަތްތެރިވާ ވަގުންގެ ބައެއް ކަމުގައެވެ. އެއީ އެމީހުންގެ ޤައުމު ގަދަކަމުން ހިފައިގެން ތިބި ބިދޭސީ ބައެއް ކަމުގައިވާ ރޫމުގެ ސަރުކާރުން އަންގާފައިވާ ފަދައިން މީހުން އަތުން އެމީހުން ޓެކުސް ނަގާތީ އެވެ. އަދި މި ވާރުފައިސާ ނަގާ މީހުން، މީހުންގެ އަތުން އޮޅުވާލައިގެން، އެމީހުން ދޭން ޖެހޭ ވަރަށް ވުރެން އިތުރަށް ވެސް ފައިސާ އަތުލާ ހަދަ އެވެ. އަދި މިމީހުންނަކީ ބައިތުލް މަޤްދިސް އަށާއި އެހެން ވެސް ދީނުގެ މަރުކަޒުތަކަށް އަޅުކަން ކުރުމަށް ވަނުމަށް ވެސް އެކަށީގެންވާ ބަޔަކު ނޫން ކަމަށް ބަނީއިސްރާއީލުގެ މީހުން ދެކެއެވެ. އެއީ ވާރުފައިސާ ނަގާ މީހުން ބަނީއިސްރާއީލުގެ މީހުން ފިޔަވާ އެހެން މީހުންގެ ގޭގެއަށް ގޮސް އެގޭގެއިން ކައި ހެދުމުގެ ސަބަބުން އެމީހުން ވަނީ ތާހިރުނުވެ ނަޖިސްވެފައި ކަމުންނެވެ.
Temple
ބައިތުލް މަޤްދިސް
މިއީ ޖެރޫސަލަމްގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައިވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށްވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަންކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަބަޔަކީ އިމާމުން ގެބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ.
Tent of God's Presence
މާތްރަސްކަލާނގެ ފޭލިގެކޮޅު
މިއީ ބަނީއިސްރާއީލު މީހުން ހަނަފަސް ސަހަރާގެ ތެރޭގައި ވީއިރު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ހަދާފައިވީ އެއްތަނުން އަނެއްތަނަށް ގެންދެވޭ ފޭލިގެއެކެވެ. މިތަން ބައިކުރެވިފައިވަނީ ދެބަޔަކަށެވެ. އެއީ މާތް ބަޔާ އެންމެ ހުރުމަތްތެރި ބަޔެވެ. މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކުރައްވާ އެންގެވި ދިހައަމުރުފުޅު ލިޔެވިގައިވާ ހިލަ ވާ ފޮށިކޮޅު ވަނީ އެންމެ ހުރުމަތްތެރި ތާގައެވެ. ސުލެއިމާނުގެފާނު ބައިތުލްމަގްދިސް ބިނާކުރައްވަން ދެން ބަނީއިސްރާއީލު މީހުން މާތްރަސްކަލަނގެ ކިބަފުޅަށް އަޅުކަންކުރީ މިފޭލިގޭގައެވެ.
Theophilus
ތިޔޯފިލުސް
ތިޔޯފިލުސް އަކީ ރޫމުގެ ސަރުކާރުގެ މަތީ މީހެކެވެ. އޭނާއަކީ އީސާގެފާނުގެ ޚަބަރުތައް އިވި އެކަލޭގެފާނާއި ބެހޭގޮތުން އިތުރަށް އެނގުމަށް ބޭނުންވެ ހޯދާ އުޅުނު މީހެކެވެ. ކީރިތި ޚަބަރުފުޅުގެ ހަތަރު ފޮތްކޮޅުގެ ތެރެއިން އެއްފޮތްކޮޅަކީ ލުކާސްއެވެ. އެފޮތްކޮޅުގައި އީސާގެފާނާއި ބެހޭ ހުރިހާ ޚަބަރެއް އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުން ދުށް މީހުން ދިން ހެކިތަކާއި އެއްގޮތަށް ލިޔެވިފައި ވެއެވެ. އަދި އީސާގެފާނުގެ ހުރިހާ އަސްހާބީންނާއި އަދި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްހާބީން އީސާގެފާނު ދެއްވި އުފާވެރި ޚަބަރުފުޅު އެންމެންނަށް އެންގުމަށް މަސައްކަތް ކުރިއެވެ. އެގޮތުން ލޫކާސް ފޮތްކޮޅު ފުރަތަމަ ލިޔެވުނީ ތިޔޯފިލުސް އަށް ވެސް މިއުފާވެރި ޚަބަރު ދީ ހުރިހާ ކަމެއް ސާފުކޮށް ކިޔައިދީ އޮޅުންފިލުވާ ދިނުމަށްޓަކައެވެ. އަދި ދެވަނައަށް ލުކާސް ލިޔުއްވި ފޮތްކޮޅު ކަމުގައިވާ "އީސާގެފާނުގެ ބަސްފުޅު ފާޅުކުރުމަށް މަންދޫބުން ކުރެއްވި މަސައްކަތް" މިފޮތް ވެސް ސިޓީއެއްގެ ގޮތުގައި ލިޔެ ތިޔޯފުލުސްއަށް ފޮނުވުނެވެ.

A B C D E F G H I J K L M N O P Q R S T U V W X Y Z

U

V

W

Title
ސުރުޚީ
ތަފްސީލު
Word of God (revealed)
ވަޙީ
ވަޙީ އަކީ މާތްރަސްކަލާނގެ މީސްތަކުންނަށް އަންގާދިނުމަށްޓަކާ މީހަކަށް އަންގަވާ ހާމަކުރައްވާ ބަސްފުޅެވެ. މިފަދަ ވަޙީ ބަސްފުޅު އެންގެނީ އެކަލާނގެ އެދިވޮޑިގެންވާގޮތް ހާމަކުރައްވާ އަދި ވެފައިވާ ކަންތަކާއި ވާންހުރި ކަންތައް މީސްތަކުންނަށް ނުވަތަ މީހަކަށް އަންގާދިނުމަށެވެ. މާތްރަސްކަލާނގެ މިފަދައިން އަންގަވާ ބަސްފުޅުތައް ހާމަކޮށް އެހެންމީހުންނަށް އަންގާދޭ ކޮންމެ މީހަކީވެސް ވަޙީ ހާމަކޮށްދޭ މީހުންނެވެ.

X

Y

Z

A B C D E F G H I J K L M N O P Q R S T U V W X Y Z


 
Leading by Serving

Leaders often rule over people to gain more power isn`t it? What is a godly leader? What are leadership practices which please Allah?

Read more...
 
The Way of Isa (1)

Sure 3:50 commands us to worship Allah and obey Isa. He is the sign of Allah for all people, (Mariyam 19:22). What does he command his followers to do?

Read more...
 
hit counters